ހެޕީ އަވާރސް ގެ ޕޯސްޓަރެއް

އުރީދޫގެ "ހެޕީ އަވާރސް" ތައާރަފުކޮށްފި

އުރީދޫ ނަންބަރުތަކަށް ކޮންމެ ދުވަހަކުވެސް އަންލިމިޓެޑް ކޯލްސް އަދި އެއް ޖީބީ ޑޭޓާ، 20 ރުފިޔާއަށް ލިބޭ ޕެކްއެއް އުރީދޫ އިން ތައާރަފުކޮށްފިއެވެ.

"ހެޕީ އަވާރސް" ގެ ނަމުގައި އުރީދޫ އިން ތައާރަފުކުރި އެ ޕެކް ބޭނުންކުރެވޭނީ ހަމައެކަނި އުރީދޫގެ ޕްރީޕެއިޑް އަދި އުރީދޫގެ މިކްސް ކަސްޓަމަރުންނަށެވެ.

އުރީދޫ އިން ބުނި ގޮތުގައި މި ޕެކްއަކީ މިއަހަރުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ފަތިހު 5:00 އިން ހަވީރު 5:00 އާ ދެމެދު ކުރިއަށް ގެންދާ ޕެކްއެކެވެ. ބޭނުންވުމުން އެދުވަހަކަށް އެކްޓިވޭޓްކޮށްލެވޭ މި ޕެކްއަށް ޗާޖުކުރާނީ، އެކްޓިވޭޓްކުރާ ކޮންމެ ފަހަރަކަށް 20 ރުފިޔާއެވެ.

"ހެޕީ އަވާރސް" ގެ ވަގުތު ނިމޭއިރު ބޭނުން ނުކުރެވި ހުރި ޑޭޓާ އޭގެ ފަހުން ބޭނުން ނުކުރެވޭނެއެވެ.

އުރީދޫގެ "މައި އުރީދޫ އެޕް" މެދުވެރިކޮށް އަދި UL20 ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސްކޮށްގެންވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ. އޭގެ އިތުރުން *929*1# ޖެއްސެވުމުންވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ.