މަކުނުދޫ- ފޮޓޯ ގޫގުލް މެޕް

ހަ ރަށެއްގައި އެއާޕޯޓް އަޅަން އިއުލާނުކޮށްފި

ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެއާޕޯޓް އެޅުމަށް ހުޅުވާލާފައިވާ ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ފ. މަގޫދޫއެވެ. މީގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީކުރަން އިއުލާނުކޮށްފައިވާއިރު ރަށް އަދި ކަނޑައެޅިފައި ނުވާ ކަމަށް އިއުލާނުގައިވެއެވެ.

ޝައުގުވެރިކަން ފާޅުކުރުމުގައި، ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން އެމެރިކާ ޑޮލަރު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.