ހިއްސާއަކަށް 40ރ. ބަހަން ބީއެމްއެލް ބޯޑުން ނިންމައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިއަހަރުގެ ފައިސާއިން ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 40 ރުފިޔާގެ މަގުން ޖުމްލަ 215 މިލިއަން ރުފިޔާ ބެހުމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކްގެ ބޯޑުން ވަނީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ ބެހުމަށް ނިންމާފަ އެވެ.
ބޭންކްގެ ބޯޑުގެ ނިންމުމާމެދު ގޮތެއް ނިންމާނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބާއްވާ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގަ އެވެ.