މަސްވެރިންގެ ޕާކުގައި ހެދި ސެންޓަރު: ފައިލް ފޮޓޯ މާލޭ ސިޓީ ކައުންސިލް

ފަތުރުވެރިންނަށް ހެދި ސެންޓަރުގެ ބޭނުން ހިފަން ޝައުގުވެރިވާ ފަރާތްތައް ހޯދަނީ

ފަތުރުވެރިންނަށް ހާއްސަކޮށްގެން، މަސްވެރިންގެ ޕާކުގައި ހަދާފައިވާ ސެންޓަރުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، އެ ސެންޓަރުގެ ހިދުމަތްތައް ބޭނުންވާ ޓުއާ އޮޕަރޭޓަރުންނާއި، ރިސޯޓްތައް އަދި ފެސެންޖާ ކުރޫޒް ލައިނާތައް މެނޭޖްކުރާ ފަރާތްތަކުން، އެކަމުގެ ޝައުގުވެރިކަން ހުރިކަން ލިޔުމުން އެ ކައުންސިލަށް އަންގައިދިނުމަށް އެދިފައެވެ.

މަސްވެރިންގެ ޕާކުގައި ހަދާފައިވާ ސެންޓަރުގައި ރެސްޓް ރޫމާއި ގެސްޓް ލައުންޖާއި މައުލޫމާތު ސާފުކުރާ ކިއޮސްކް ހިމެނެއެވެ. އޭގެ އިތުރުން ގާޑަން އާއި ފަސްޓްފްލޯގައި ވެއިޓިންގ އޭރިއާ ހިމެނެއެވެ.

އެތަނަކީ އެމްޑަބްލިޔުއެސްސީގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގި މަސައްކަތެކެވެ.