އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ބީއެމްއެލް

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު، ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ލޯންޗް ކޮށްދެއްވީ ރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ހަފުލާއެއްގައި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމެވެ.

އެ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިން އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެ ހިދުމަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ހާއްސަ އިނާޔަތްތަކާއި އަގުހުރި ހިދުމަތްތަކެއް އެކުލެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފް ކުރުމާއި ގުޅޭ ގޮތުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސާވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ ޕްލެޓިނަމް ކްރެޑިޓް ކާޑު އިފްތިތާޙް ކުރެވިގެން ދިއުމާއެކު ދިވެހީންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ޚިދުމަތްތައް މަގުފަހިވެގެންދާނެ ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް  ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.