ވީއައިއޭގައި ކުރިއަށްދާ މަޝްރޫއެއް: ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް

ވޯލްޑް ބޭންކް: ރާއްޖޭގައި ވިޔަފާރި ކުރަން އުނދަގޫވެއްޖެ

ދިވެހިރާއްޖޭގައި ވިޔަފާރިކުރުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އުނދަގޫވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އާންމުކުރި "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް 2020" ގައި ރާއްޖެއަށް ދީފައިވަނީ 147 ވަނައެވެ. އޭގެ ކުރީގެ އިންޑެކްސްގައި ރާއްޖެއަށް ދީފައިވަނީ 139 ވަނައެވެ. މިއީ ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި ވޯލްޑް ބޭންކުން އަހަރަކު އެއް ފަހަރު ނެރޭ އިންޑެކްސް އެކެވެ.

އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ރޭންކް ކުރުމުގައި ވޯލްޑް ބޭންކުން ރިއާޔަތްކުރާ ކަންތައްތަކެއް ހުރެއެވެ. އިންޑެކްސްގައި 147 ވަނަ ރާއްޖެއަށް ލިބިފައިވަނީ އެކަންކަމަށް ބެލުމަށްފަހުއެވެ.

އިންޑެކްސްގައި ރާއްޖޭގެ މާކްސްތައް:

އޯވާރޯލް: 147 ވަނަ

ވިޔަފާރި ފެށުން: 74 ވަނަ

އިމާރާތް ކުރުމަށް ހުއްދަ ހޯދުން: 63 ވަނަ

ކަރަންޓުލުން: 149 ވަނަ

ޕްރޮޕަޓީ ރަޖިސްޓްރީ ކުރުން: 176 ވަނަ

ކްރެޑިޓް ހޯދުން: 144 ވަނަ

ކުދި އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން: 147 ވަނަ

ޓެކްސް ދެއްކުން: 119 ވަނަ

ޓްރޭޑިން އެކްރޮސް ބޯޑާސް: 157 ވަނަ

އެއްބަސްވުންތައް ތަންފީޒު ކުރުން: 124 ވަނަ

ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުން: 141 ވަނަ

"އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް 2020" އިން ދެކުނު އޭޝިއާގެ ގައުމުތައް

އިންޑިއާ 63 ވަނަ

ބޫޓާން 89 ވަނަ

ނޭޕާލް 94 ވަނަ

ސްރީލަންކާ 99 ވަނަ

ޕާކިސްތާން 108 ވަނަ

ދިވެހިރާއްޖެ: 147 ވަނަ

ބަންގްލަދޭޝް 168 ވަނަ

އަފްގާނިސްތާން 173ވަނަ

"އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް 2020" ގެ ރޭންކް އެންމެ ކުރީގައި އޮތީ ނިއުޒީލޭންޑެވެ. ދެވަނަައިގައި އޮތީ ސިންގަޕޫރެވެ.