އުރީދޫ: ފައިލް ފޮޓޯ އުރީދޫ ފޭސްބުކް ޕޭޖް

އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ބޯނަސް މޯބައިލް ޑޭޓާ

އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް، ބޯނަސް މޯބައިލް ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް، މޯބައިލް ޑޭޓާގެ ހުރިހާ އެޑް-އޯންސްއަކުން 25 އިންސައްތައިގެ ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، އުރީދޫން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މި މަހު ބިލް ޑިއު ވާ ތާރީހަށް ބިލް ނުދެއްކުނު ކަމުގައި ވީނަމަވެސް ހިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫގެ ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ދޭން ވަނީ ނިންމާފައެވެ. އޭގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް، ރާއްޖޭގެ މޯބައިލް ނަންބަރުތަކަށް، މިމަހު ހިލޭ އެސްއެމްއެސް ކުރެވެނޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.