ފްލައިމީގެ ފްލީޓަށް އާ ފްލައިޓެއް ގަނެފި

ވިލާ އެއާގެ ފްލައިމީގެ ފްލީޓަށް އާ މަތިންދާބޯޓެއް ގަނެފިއެވެ.

ފްލައިމީގެ ފްލީޓަށް ގަނެފައިވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާބޯޓެކެވެ. މި މަރުކާގެ ފްލައިޓް އުފައްދަނީ ފްރާންސްގެ ކުންފުންޏަކުންނެވެ.

އަލަށް ގަތް މަތިންދާބޯޓުގެ ޓެސްޓް ފްލައިޓްތައް ފްރާންސްގައި މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ ފްލައިޓް ރާއްޖެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފްލައިމީ އިން މިވަގުތު ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބ. ދަރަވަންދޫ އެއާޕޯޓް އަދި އދ. މާމިނގިލި އެއާޕޯޓަށް ދަތުރުކުރަމުންނެވެ.  އެ އެއާލައިނުން ދަނީ ސީޕްލޭން ދަތުރުތައް ފެށުމަށްވެސް ތައްޔާރުވަމުންނެވެ.