މުނިޔާމަގު ސެގްމަންޓް 2 ގެ މަސައްކަތުގެ ތެރެއިން: ފޮޓޯ އާރްޑީސީ

މުނިޔާމަގުގެ ސެގްމެންޓް 2 ގެ މަސައްކަތް ފަށައިފި

މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ތެރެއިން މުނިޔާމަގުގެ ސެގްމެންޓް 2 ގެ މަސައްކަތް ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކުރި ގޮތުގައި މުނިޔާމަގުގެ ސެގްމެންޓް 2 ގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ. އަދި ޝަހީދުއަލީ ހިނގުމުގެ ސެގްމެންޓް 1 ގެ މަސައްކަތް ނިންމާ އެ ސަރަހައްދު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށްވެސް އާރްޑީސީ އިން ވަނީ ބުނެފައެވެ.

އާރްޑީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުން، މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް އަދި މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭނެ ގޮތަށެވެ.

އެ ކުންފުނިން މިހާރުވެސް ދަނީ ގދ. ގައްދޫ އާއި އދ. މާމިގިލި މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަމުންނެވެ.