މުނިޔާމަގުގެ މަސައްކަތް އާރްޑީސީ އިން މިއަދު ކުރަނީ:ފޮޓޯ އާރްޑީސީ

މުނިޔާމަގު ބްލޮކް 3 ގެ މަސައްކަތް އާރްޑީސީއިން ފަށައިފި

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް 1 ގެ ދަށުން މުނިޔާމަގު ބްލޮކް ތިނެއްގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ހާމަކޮށްފިއެވެ.

މިއަދު މަސައްކަތް ފަށާފައިވަނީ މާފަންނު ސަހަރާ އުތުރުން، މުނިޔާމަގުގެ ސަރަހައްދުގެ މަސައްކަތެވެ.

އާރްޑީސީއިން މީގެ ކުރިން ބުނެފައިވާ ގޮތުން، މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް އަދި މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭ ގޮތަށެވެ.

ސްޓްރީޓް ސްކޭޕިންގް މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އާރްޑީސީގެ ވެބްސައިޓްގައިވާ ގޮތުން މި މަޝްރޫއުގެ ދަށުން 416 މަގެއް ހެދިގެންދާނެއެވެ.