ހޯރަފުށި އެއާޕޯޓް: ފައިލް ފޮޓޯ އެމްޓީސީސީ

ދައުލަތުގެ ބަޖެޓުން ކުރެވުނު ހަރަދު 21 ބިލިއަނަށް އަރައިފި

ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ކުރެވުނު ހަރަދު 21 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ބަޖެޓުން ކުރެވުނު ހަރަދު 21.71 ބިލިއަން ރުފިޔާ އަށް އަރައެވެ. ހަރަދުގެ 69 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.3 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 77 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެލަރީ، ވޭޖްސް އަދި ޕެންޝަނަށް 8.1 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އިދާރީ އަދި ހިންގުމުގެ ހަރަދަށް 6.7 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

އާމްދަނީގެ ތެރެއިން 8.7 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީއެވެ. 2.1 ބިލިއަން ރުފިޔާއަކީ ނޮން-ޓެކްސް އާމްދަނީއެވެ.