ވީއައިއޭގައި ތަރައްގީކުރާ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އެމްއޭސީއެލް

ވީއައިއޭގެ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ނިމެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީކުރަމުން އަންނަ އާ ކާގޯ ޓާމިނަލްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ނިމުމާއި ގާތްވެއްޖެއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ ތަނބުތަކަށް ކޮންކްރީޓް އެޅުމާއި ސްޓްރަކްޗާގެ ބޭރުގައި ކުރަން ހުރި މަސައްކަތްތަކެވެ.

އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.

އަލަށް އަޅާ ކާގޯ ޓާމިނަލަކީ 12،000 އަކަމީޓަރުގެ ކާގޯ ޓާމިނަލެކެވެ. މި ކާގޯ ޓާމިނަލް ތަރައްގީކުރަނީ މުދާބަރުކޮށް ބޭލުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.