އެމްއޭސީއެލަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްއޭސީއެލަށް ސާފު ފައިދާގެ ގޮތުގައި 360 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 37 އިންސައްތަ އިތުރުވުމެކެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ރިޕޯޓުގައިވާ ގޮތުން، އެމްއޭސީއެލަށް ލިބުނު އާމްދަނީގެ 40 އިންސައްތަ ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ.