މީޑިއާނެޓްގެ ތިންވަނަ ހަފުތާގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރުން: ފޮޓޯ މީޑިއާނެޓް

މީޑިއާނެޓްގެ ޕްރޮމޯޝަންގެ ތިން ވަނަ ހަފުތާގެ ނަސީބުވެރިޔާއަށް އިނާމު ދީފި

މީޑިއާނެޓް ބޮޑު ޗުއްޓީ ޕްރޮމޯޝަންގެ ތިން ވަނަ ހަފުތާގެ ނަސީބުވެރި ފަރާތަށް އިނާމު ދީފިއެވެ.

ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރި ފަރާތަށް ހޮވިފައިވަނީ އަހުމަދު ޝާމިންއެވެ.

މީޑިއާނެޓުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް އައިފޯން 11 އެއް ލިބޭނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓްގެ "ވޯންޓް-އިޓް-އޯލް" ޕެކޭޖަށް ސަބްސްކްރައިބް ކުރަން ޖެހެއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި މިހާރުގެ ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.