ވިސްތާރާގެ ދަތުރުތައް ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ ވީއައިއޭ

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 321000 އަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 321000 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 321827 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 382762 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ 23 އިންސައްތައަކީ އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިއާއިންނެވެ. އެއީ ރާއްޖެއަށް އައި ފަތުރުވެރިންގެ 20.9 އިންސައްތައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޔޫކްރޭނުންނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 5.7 އިންސައްތަ ހިއްސާކުރަނީ ޔޫކްރޭން ފަތުރުވެރިންނެވެ.