ބައްޕައިންގެ ދުވަހާއި ގުޅިގެން އެސްޓީއޯއިން ވަނީ ޕްރޮމޯޝަނެއް ފަށާފަ- ފޮޓޯ އެސްޓީއޯ

ޚާއްސަ ޑިސްކައުންޓާއެކު ހިލޭ އިނާމު ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި

ޚާއްސަ ޑިސްކައުންޓާއެކު ހިލޭ އިނާމު ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.

މިއީ ބައިނަލްއަގުވާމީ ބައްޕައިންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ފެށި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި އާއިލާއާއެކު ފޮޓޯއެއް ނަގައިގެން ގިފްޓްހެމްޕަރ އެއް ހޯދުމުގެ ފުރުސަތު ލިބޭއިރު، މިދުވަހަށް ޚާއްސަކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ތައްޔާރުކޮށްފައިވާ ބެކްޑްރޮޕްގައި ބައްޕައާއެކު ފޮޓޯއެއް ނެގުމުން ކޮންމެ މީހަކަށްވެސް އެ ގިފްޓްހެމްޕަރ ލިބޭނެއެވެ.

އިނާމު ހޯދުމަށް އެތަނުގައި ނަގާ ފޮޓޯ FathersDaywithSTO# ބޭނުންކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަންޖެހޭއިރު، ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

މީގެ އިތުރުން އެ ކުންފުނިން އެތެރެކޮށް ވިއްކާ ގްރޫމިންގ ސާމާނުތަކުން ވެސް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ވަނީ ފަށާފައެވެ.

ރެމިންޓަން އަދި ފިލިޕްސް ބްރޭންޑުގެ ޝޭވްކުރާ ސާމާނާއި ޓްރިމަރތަކުން ދިހަ ޕަސެންޓުގެ ޑިސްކައުންޓު ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ.