ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގްރާފް - ރޭގަ

ދައުލަތުގެ ހަރަދު 9.7 ބިލިއަން ރުފިޔާއަށް

މިއަހަރު ދައުލަތުން ކުރި ހަރަދު 9.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 3.46 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އިދާރީ އަދި ހިންގުމުގެ ހަރަދަށް ދައުލަތުން ވަނީ 3.67 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ދަައުލަތަށް 7.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު 5.5 ބިލިއަން ރުފިޔާ އާއި ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު 1.5 ބިލިއަން ރުފިޔާ ހިމެނެއެވެ.