ކުޅުދުއްފުށި އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯއެއް: ފައިލް ފޮޓޯ ޕީއެސްއެމް

ކުޅުދުއްފުށި އެއާޕޯޓަށް ދަތުރުތައް ފަށާއިރު ޓިކެޓް އަގެއް ނޭނގޭ!

އަންނަ ހުކުރު ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޓިކެޓްގެ އަގު އަދިވެސް ކަނޑަނޭޅެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ މިމަހުގެ 9 ވާ ހުކުރު ދުވަހު، ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެކަން ހާމަކޮށްފައެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް އޮޕަރޭޓްކުރާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ހަމައެކަނި "މޯލްޑިވިއަން" އިންނެވެ.

"މޯލްޑިވިއަން" ގެ ރިޒަވޭޝަން ނަންބަރަށް މިއަދު ހަވީރު "ރޭގަ" ގެ ފަރާތުން ގުޅައި، ކުޅުދުއްފުށި އެއާޕޯޓް ދަތުރުގެ ޓިކެޓްގެ އަގާއި ގުޅޭ ގޮތުން ސުވާލުކޮށްލުމުން ބުނީ ޓިކެޓްގެ އަގު އަދި ކަނޑަނޭޅޭ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށްޓަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށި އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުކުރަން ނިންމާފައިވާއިރު ޝެޑިއުލް އަދި އާންމެއް ނުކުރެއެވެ.

މިއަހަރުގެ އަޟްހާ އީދަށް، ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވިއެވެ.

ހުސޭނު

ދެން ކިހިނެތް އީދަށް ރަށަށް ދާނީ