އުރީދޫގެ އެމްފައިސާ އިން ބިލް ދައްކައިގެން މެލޭޝިޔާ ދަތުރެއްގެ ފުރުސަތު

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ބިލް ދައްކައިގެން މެލޭޝިޔާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަހަރުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި، އެމްފައިސާ މެދުވެރިކޮށް ބިލް ދައްކާ ބޭފުޅުންގެ ތެރެއިން ކޮންމެ މަހަކު ހޮވޭ ނަސީބުވެރި ފަރާތަކަށް މެލޭޝިޔާ ދަތުރެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނި ގޮތުގައި އެމްފައިސާ މެދުވެރިކޮށް، ކަރަންޓު ބިލާއި ފެން ބިލާއި މީޑިއާނެޓް ބިލްގެ އިތުރުން ސުޕަނެޓް ބިލާއި އުރީދޫގެ ފޯނު ބިލް ދައްކާލެވޭނެއެވެ.

އެމްފައިސާ އަކީ މޮބައިލް ވޮލެޓެކެވެ. އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެއެވެ. އަދި އެމްފައިސާ ސަޕޯޓްކުރާ ރެސްޓޯރެންޓް އަދި ކެފޭގެ ބިލްތައް އެމްފައިސާ މެދުވެރިކޮށް ދައްކާލެވޭނެއެވެ.