ފޮޓޯ: ވީއައިއޭ ޓްވިޓާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 393000 އަށް

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 393،528 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ފެބްރުއަރީ މަހު ރާއްޖެއަށް 96،882 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 109،585 އަށް އަރާފައެވެ. ނިމިގެންދިޔަ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރީ 91،200 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ވަނީ 3758 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.