މީޑިއާނެޓް ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިޔާއަށް އިނާމު ދީފި

މީޑިއާނެޓް ބޮޑު ޗުއްޓީ ޕްރޮމޯޝަންގައި ފުރަތަމަ ހަފުތާގެ ނަސީބުވެރި ފަރާތަށް އިނާމު ދީފިއެވެ. ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އާސިމް އަބްދުލް ރަހީމް އެވެ.

މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް އައިފޯނު 11 އެއް ލިބޭނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓްގެ "ވޯންޓް-އިޓް-އޯލް" ޕެކޭޖަށް ސަބްސްކްރައިބް ކުރަންޖެހެއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި މިހާރުގެ ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.