އެމްއެމްއޭ

1 ރުފިިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ގެނެސްފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 1 ރުފިޔާގެ ފައިސާ ފޮތީގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ފައިސާ ފޮތިތަކުގެ ތެރެއިން 1 ރުފިޔާގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން މިމަހުގެ 21 ވަނަ ދުވަހު ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އެ ޝިޕްމަންޓްގެ އެއް ބައި މިމަހުގެ 21 ވަނަ ދުވަހު ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައިވާ ކަމަށާއި ޝިޕްމަންޓްގެ ބާކީ، 22 ވަނަ ދުވަހު ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ގެނައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެމްއެމްއޭ އިން ހާމައެއް ނުކުރެއެވެ.

ދައުރުކުރާ ފައިސާގެ ސްޓޮކް މަދުވުމުން، އެމްއެމްއޭ އިން ފައިސާ ފޮއްޗާއި ނޫޓު ޖަހައިގެން ގެނެއެވެ.