ސީއޮކްމާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސަބްމެރިން ކޭބަލް މެނޭޖްމަންޓް ކޮމިޓީގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

ދެކުނު އިރުމަތީ އޭޝިއާ އަދި އިންޑިއާ ކަނޑުގައި އަޅާފައިވާ ސަބްމެރިން ކޭބަލް މެނޭޖްމަންޓް ކޮމިޓީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފިއެވެ.

ދިރާގުން އިސްނަގައިގެން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ސައުތު އީސްޓް އޭޝިއާ އެންޑް އިންޑިއަން އޯޝަން ކޭބަލް މެއިންޓަނަންސް އެގްރިމަންޓް (ސީއޮކްމާ) ކޮމިޓީގައި ހިމެނޭ ދުނިޔޭގެ އެކި ގައުމުތަކުގެ ކުންފުނިތައް ބައިވެރިވެފައިވެއެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމުގައި 44 މަންދޫބުން ބައިވެރިވެއެވެ.

ސީއޮކްމާ އަކީ ކޭބަލްގެ ހިދުމަތާއި ކޭބަލް މަރާމާތުކުރާ އުޅަނދުގެ ހިދުމަތްވެސް ދޭ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް އޮޕަރޭޓަރުން ހިމެނޭ އެންމެ ބޮޑު ކޮންސޯޓިއަމެވެ.