ވީއައިއޭގައި ޕާކްކޮށްފައިވާ ފްލައިޓްތަކެއް: ފައިލް ފޮޓޯ އެމްއޭސީއެލް

ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 50 މިލިއަން ރުފިޔާ ހޭދަކޮށްފި

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދަތުރުފަތުރުތަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް 50 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ދަތުރުފަތުރުތަކަށް ދައުލަތުގެ ބަޖެޓުން 192.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ދަތުރުފަތުރުތަކަށް ކަނޑައަޅާފައިވަނީ 142.1 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު 25 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން 73 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އާމްދަނީ އާއި އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބަރުކާރު

ދައުލަތުގެ ހަރަދުގަ ދަތުރުކޮށްގެން ވީ ކަމެއް ނެތް

އިބުރާހީމު

ހަރަދު ކުޑަކުރަން އައި ސަރުކާރުގެ ހަރަދުތައް އިންތިހާއަށް މަތީގަ.