ދައުލަތުގެ ހަރަދު 22 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު 22 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، ދައުލަތުގެ ހަރަދުގެ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުވި މިންވަރާއި އެ މުއްދަތުގައި ލިބުނު އާމްދަނީގެ ތަފާސްހިސާބު އަންގާރަ ދުވަހު އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ހަރަދުގެ 75 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 25 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 20.46 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު އާމްދަނީގެ 69 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.