ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފައިލް ފޮޓޯ އެމްއޭސީއެލް

އޭޑީއެފް އާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި، މިއަހަރުގެ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ލިބުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ލިބިފައިވަނީ 140.45 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ 126.81 މިލިއަން ރުފިޔާއެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ލިބުނީ 141.73 މިލިއަން ރުފިޔާއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި ލިބުނީ 127.85 މިލިއަން ރުފިޔާއެވެ.