ފައިސާގެ އިނާމު ލިބޭ މުބާރާތެއް ޕިއްޒާ ބޯނާއިން ފަށައިފި
ޕިއްޒާ ބޯނާއިން، ފައިސާގެ އިނާމު ލިބޭ ފޮޓޯ މުބާރާތެއް ފަށައިފިއެވެ.
ފޭސްބުކްގައި ކުރިއަށްދާ މި ފޮޓޯ މުބާރާތް، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ޕިއްޒާ ބޯނާ އިން ބުނެއެވެ.
ފޮޓޯ ކޮންޓެސްޓްގައި ބައިވެރިވެވޭނީ ޕިއްޒާ ބޯނާގެ ފޭސްބުކް ޕޭޖަށް ލައިކް ދީފައިވާ ފަރާތްތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ޕިއްޒާ ބޯނާގެ ޕިއްޒާ ނުވަތަ ސަބްމެރިންއެއްގެ ފޮޓޯ ފޭސްބުކްގައި ޝެއާކުރަންޖެހެއެވެ. ފޮޓޯ ޝެއާކުރަންވާނީ #momentswithbuona ހޭޝްޓެގް ޖެހުމަށްފަހުއެވެ. ޝެއާކުރާ ޕޯސްޓަކީ ޕަބްލިކްކޮށް ފެންނަ ގޮތަށް ހުރި ޕޯސްޓަކަށް ވާންޖެހެއެވެ.
މުބާރާތުގެ ނަސީބުވެރި ފަރާތްތައް ހޮވާނީ ޕޯސްޓަށް ލިބޭ ލައިކްގެ އަަދަދަށް ބަލައިގެން ކަމަށް ޕިއްޒާ ބޯނާ އިން ބުނެއެވެ.
ޕިއްޒާ ބޯނާގެ މި މުބާރާތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 8،000ރ. ގެ ފައިސާ އިނާމަކާއި 2،000 ރުފިޔާގެ ވައުޗަރެއް ލިބެއެވެ. ދެވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 4،000ރ. ގެ ފައިސާގެ އިނާމަކާއި 1،000 ރުފިޔާގެ ވައުޗަރެއް ލިބެއެވެ. އަދި ތިންވަނަ ނަސީބުވެރިއަކަށް 2،000ރ. ގެ ފައިސާގެ އިނާމަކާއި 500 ރުފިޔާގެ ވައުޗަރެއް ލިބެއެވެ.