މޯލްޑިވިއަންގެ ފްލައިޓެއް: ފައިލް ފޮޓޯ މޯލްޑިވިއަން

ލޮކްޑައުން ނިމުމުން، ކެންސަލްވި ދަތުރުތައް ކުރާނަން: މޯލްޑިވިއަން

ލޮކްޑައުންގެ ހާލަތު ނިމުނުހާ އަވަހަކަށް، ކެންސަލްވި ދަތުރުތައް ޝެޑިއުލްކުރާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާއިރު، އެތެރޭގެ އުދުހުންތައް މި ވަގުތަށް ވަނީ މެދުކަނޑާލާފައެވެ. ގައުމީ އެއާލައިން އިން ބުނީ ލޮކްޑައުން ހާލަތު ނިމުނުހާ އަވަހަކަށް، ކެންސަލްވި ދަތުރުތައް އަލުން ޝެޑިއުލްކުރާނެ ކަމަށާއި ކަސްޓަމަރުންނަށް އެކަން އަންގަމުން ގެންދާނެ ކަމަށެވެ. އަދި ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކަށްވެސް އަންގަމުންދާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާ އިން ރާއްޖެ ނާދެވި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަން އިން ވަނީ ދަތުރުތަކެއް ބާއްވާފައެވެ. އަދި ކާގޯގެ ހާއްސަ ޗާޓަރުތަކެއް ވެސް ވަނީ ބާއްވާފައެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ ސިޓީ ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ.