އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ވަނީ ފަށާފަ- ފޮޓޯ އެސްޓީއޯ

އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

ހިޓާޗީ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

"ހަމަ ހިޓާޗީ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި، ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކުވެސް އަގުހުރި އިނާމުތަކެއް ނަސީބުވެރި ފަރާތްތަކަށް ލިބޭނެއެވެ. އޭގެ އިތުރުން ތިން ފަރާތަކަށް 50000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.