ސަނީ އެންޓަޕްރައިސް އިން "ބީއެންޑް ޑަބްލިއު" ލަކީ ޑްރޯ ފަށައިފި

ސަނީ އެންޓަޕްރައިސް އިން "ބީއެންޑް ޑަބްލިއު ގްރޭންޑް ލަކީ ޑްރޯ" ގެ ނަމުގައި ލަކީ ޑްރޯއެއް ފަށައިފިއެވެ.

މި ލަކީ ޑްރޯއަކީ، ސަނީ އެންޓަޕްރައިސް އިން އެތެރެ ކުރާ މެލޭޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ "ބީއެންޑް ޑަބްލިއު" ގެ ޕްރޮޑަކްޓްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ލަކީ ޑްރޯއެކެވެ. މި ލަކީ ޑްރޯއަކީ މިއަހަރުގެ ނިޔަލަށް ކުރިއަށްދާ ލަކީ ޑްރޯއެކެވެ.

ސަނީ އެންޓަޕްރައިސް އިން ބުނި ގޮތުގައި ލަކީ ޑްރޯގެ މުއްދަތުގައި ބައްލަވާ ގަންނަވާ ބީއެންޑް ޑަބްލިއު މިލްކް ޓީ، ބީއެންޑް ޑަބްލިއު އިންސްޓަންޓް ކޮފީ އަދި ބީއެންޑް ޑަބްލިއު ސީރިއަލްއާއެކު ކޫޕަނެއް ލިބިގެންދާނެއެވެ.

ލަކީ ޑްރޯގައި 12 ނަސީބުވެރިން ހޮވާނެއެވެ. ލަކީ ޑްރޯ އިން 1 ވަނައަށް ހޮވޭ ފަރާތަކަށް 65 އިންޗީގެ ޓީވީ ލިބޭއިރު 2 ވަނައަށް ހޮވޭ ފަރާތަކަށް އެޕަލް އައިޕެޑް ޕްރޯއެއް ލިބޭނެއެވެ. އޭގެ އިތުރުން އިތުރު 10 ނަސީބުވެރިއަކަށް ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ސަނީ އެންޓަޕްރައިސް އިން ބުނެއެވެ.

ކޫޕަން ފޮށި ބެހެއްޓިފައި ހުންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސަނީ އެންޓަޕްރައިސް ފިހާރަ އާއި ހަވީރީ ހިނގުމުގައި ހުންނަ ކޮރޯނާ ފިހާރައިގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ސަނީ ސްޓޯރުގައެވެ.