ފޮޓޯ- ޔުގެންޑާ އިންވެސްޓްމަންޓް އޮތޯރިޓީ ޓްވިޓާ

ޔުގަންޑާއިން 31 މިލިއަން މެޓްރިކް ޓަނުގެ ރަނުގެ ރިޒާވެއް ފެނިއްޖެ

ޔުގަންޑާއިން 31 މިލިއަން މެޓްރިކް ޓަނުގެ ރަނުގެ ރިޒާވެއް ފެނިއްޖެއެވެ.

ރަނުގެ ރިޒާވްގެ އަގު، 12 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަން ނެގުމަށް ކުރާ މަސައްކަތުން 3000 ވަޒީފާ އުފެދިގެންދާނެއެވެ.

ރަނުގެ ރިޒާވްގެ ސަބަބުން، ޔުގަންޑާގެ އިގްތިސާދު ކުރިއަރައިގެން ދާނެއެވެ. ރަން ނެގުމަށް ކުރަން ޖެހޭ މަސައްކަތް، ޔުގަންޑާގެ ސަރުކާރުން މިހާރު ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ ކަމަށް ރިޕޯޓްތައް ބުނެއެވެ.