އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ސެންޓަރެއް ހުޅުވައިފި
އުރީދޫ މޯލްޑިވްސް އިން މާލޭގައި ޑިޖިޓަލް ސެންޓަރެއް ހުޅުވައިފިއެވެ.
ބޮޑުތަކުރުފާނު މަގު، ކިންގް ސަލްމާން މިސްކިތް ކައިރީގައި ގާއިމުކޮށްފައިވާ މި ޑިޖިޓަލް ސެންޓަރުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި މި ޑިޖިޓަލް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޕްރިޕެއިޑް ސިމް ގަނެވޭނެއެވެ. އަދި ސެންޓަރުގައި ބެހެއްޓިފައިވާ ސެލްފް-ސާވިސް ކިއޮސްކް މެދުވެރިކޮށް ރީޗާޖް ކުރުމާއި އުރީދޫގެ ބިލްތަކަށް ފައިސާ ދައްކާލެވޭނެއެވެ.
ޑިޖިޓަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ޑިޖިޓަލްވަމުންދާ ދުނިޔެއެއްގައި ކަސްޓަމަރުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ކަމަށެވެ.