ފޮސްޓާ ކްލާކްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރ އެގްރިމެންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ބީއެޗްއެމް

ފޮސްޓާ ކްލާކްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކަށް ބީއެޗްއެމް

ފޮސްޓާ ކްލާކްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުކަން ބީއެޗްއެމް ޓްރޭޑާސް އަށް ލިބިއްޖެއެވެ.

އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ އެގްރިމެންޓްގައި ފޮސްޓާ ކްލާކްސް ޕްރޮޑަކްޓް ލިމިޓެޑާއެކު ބީއެޗްއެމް ޓްރޭޑާސް އިން ސޮއިކޮށްފައި ވަނީ މިމަހުއެވެ. މާލޭގައި ހުންނަ ބީއެޗްއެމް ޓްރޭޑާސްގެ އައުޓްލެޓުން ފޮސްޓާ ކްލާކްގެ އުފެއްދުންތައް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި ހަފުތާއެއްގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ބީއެޗްއެމްގެ އައުޓްލެޓުން ފޮސްޓާ ކްލާކްގެ އުފެއްދުންތައް ލިބޭނެ ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.

ފޮސްޓާ ކްލާކްގެ އެކި ރަހަތައް ހުންނައިރު، މިއީ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންސްޓެންޓް ޖޫސް ބޭވަރޭޖެކެވެ. ފޮސްޓާ ކްލާކްގެ ދެ ސައިޒެއް މިވަގުތު ރާއްޖެއިން ލިބެން ހުރެއެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ބުނީ ފޮސްޓާ ކްލާކްގެ އާ ފްލޭވާތަކާއި ސައިޒްތައް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ތައާރަފުކުރާނެ ކަމަށެވެ. އޭގެ އިތުރުން ފޮސްޓާ ކްލާކްގެ ޑެސާޓް އަދި ބޭކިން އެއިޑް ރާއްޖެއަށް ތައާރަފުކުރާނެ ކަމަށްވެސް ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.

މީގެ 37 އަހަރު ކުރިން އުފެދުނު ބީއެޗްއެމް ޓްރޭޑާސް އިން ދަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ފުޑް އެންޑް ބޭވަރޭޖް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ދިވެހިންގެ މެދުގައި މަގުބޫލު ކޯސްޓް، ޑަޗްލޭޑީ، އެކްސްއެލް އެނާޖީ ޑްރިންކްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީވެސް ބީއެޗްއެމް ޓްރޭޑާސްއެވެ.