ފޮޓޯ: ގެޓީ އިމޭޖްސް

ޕީއެސް5 ރިލީޒްކުރުން ފަސް ނުކުރާނެ: ޖިމް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ އިވެންޓްތަކެއް ކެންސަލްވެފައި ވީނަމަވެސް، ޕްލޭސްޓޭޝަން 5 ރިލީޒްކުރުން ފަސްނުވާނެ ކަމަށް ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ ނޭދެވޭ އަސަރު، ޕީއެސް5 ރިލީޒްކުރުމަށް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ. ނަމަވެސް ބީބީސީ ރޭޑިއޯ 1 އަށް ވާހަކަ ދައްކަމުން ޕްލޭސްޓޭޝަންގެ ސީއީއޯ ޖިމް ރަޔަން ޔަގީން ކަމާއެކު ބުނީ ޕީއެސް5 ރިލީޒްކުރުން ފަސް ނުވާނެ ކަމަށެވެ.

ސަޕްލައި ޗެއިން އާމެދު ހިތްހަމަޖެހޭ ކަމަށާއި މުޅި ދުނިޔޭގައި މިއަހަރު ޕީއެސް5 ލޯންޗް ކުރެވޭނެ ކަމަށް ޖިމް ވަނީ ބުނެފައެވެ. ޖިމް ބުނި ގޮތުގައި ޕްލޭސްޓޭޝަން އުފައްދާ ކުންފުނި، ސޮނީ ކޯޕަރޭޝަނުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޕީއެސް5 ޖޭމްސް އޮންލައިންކޮށް ފުރަތަމަ ފަހަރަށް ދައްކާލާނެއެވެ.

ޕީއެސް5 ގެ ކޮންޓްރޯލާ މިހާރު ވަނީ ދައްކާލާފައެވެ. މި ކޮންޓްރޯލާއަށް ދީފައިވާ ނަމަކީ ޑުއަލްސެންސްއެވެ. އާ ޑިޒައިނަކަށް ހުންނަ މި ކޮންޓްރޯލާއަކީވެސް ވަޔަލެސް ކޮންޓްރޯލާއެކެވެ. އާ ފަންޝަންސްވެސް ހިމެނޭ މި ކޮންޓްރޯލާގެ ބެޓްރީގެ ބާރު ގަދަވާނެ ކަމަށްވެސް ސޮނީ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.