ހުޅުމާލެ ފޭސް 2 ގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ އެމްޑަބްލިޔުއެސްސީ

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކެއް ބީލަމަށް

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކެއް އިއުލާނުކޮށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމަށް އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އިއުލާނުކޮށްފައިވާ މަޝްރޫއުތައް

ކ. ހިންމަފުށީގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

އދ. ދިއްދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

އދ. އޮމަދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ލ. ހިތަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ލ. ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

މ. ނާލާފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

މ. ރަތްމަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ތ. ދިޔަމިގިލީގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ތ. މަޑިފުށީގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ވ. ކެޔޮދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ވ. ރަކީދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ގއ. ނިލަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ގދ. ނަޑެއްލާގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

 

ޑިޒައިން ބިލްޑް އުސޫލުން

 

ކ. ތުލުސްދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ބ. ކުޑަރިކިލުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ބ. ދޮންފަނުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ބ. ކިހާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ނ. ލަންދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ނ. މަގޫދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ށ. ބިލަތްފަހިގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ށ. ނޫމަރާގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ބ. ފުޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް،

ބ. ފެހެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް

 

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިންނެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން އެ ގަވާއިދުގައި މި މަރުހަލާގައި ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ. ނަމަވެސް، ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތައް ބީލަމާއެކު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވެއެވެ.