ވިވަން އޭނާގެ އާއިލާއާއެކު ރާއްޖޭގައި

އެކްޓަރު ވިވަން އާއިލާއާއެކު ރާއްޖޭގައި

ބޮލީވުޑްގެ އެކްޓަރު ވިވަން ބަތޭނާ، އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ.

ފިލްމް "ހޭޓް ސްޓޯރީ 4" ގެ ތަރި ވިވަން އާއި އަނބިމީހާ ނިކްހިލާ ބަތޭނާ އަދި ދަރިފުޅު ނިވާޔާ ޗުއްޓީ ހޭދަކުރަމުން ދަނީ ހެރިޓެންސް އާރަށް ރިސޯޓުގައެވެ.

ރިސޯޓުގައި ހުރެ ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ވިވަން ވަނީ އެއީ ރީތި ތަނެއް ކަމަށް ބުނެފައެވެ.

އިންޑިއާގެ އެކްޓަރު އަޔާޒް ހާން އާއި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އަދި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާވެސް މިވަގުތު ޗުއްޓީ ހޭދަކުރަމުން ދަނީ ހެރިޓެންސް އާރަށް ރިސޯޓުގައެވެ.

ހެރިޓެންސް އާރަށް ރިސޯޓުގައި ހުރެ އަޔާޒް ހާން ނަގާފައިވާ ފޮޓޯއެއް

ހޮލީވުޑާއި ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން މަގުބޫލު މަންޒިލެކެވެ.