ނަވިޔާގެ އިންސްޓަގްރާމް ޕަބްލިކްކޮށްފި
ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަންގެ ކާފަދަރި، ނަވިޔާ ނަވޭލީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޕަބްލިކްކޮށްފިއެވެ.
ނަވިޔާ، އިންސްޓަގްރާމް ބޭނުންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ވެރިފައިޑް މި އެކައުންޓް އާންމުންނަށް ފެންނަ ގޮތަށް ދޫކޮށްލާފައިވާއިރު، ފޮލޮވަރުންގެ އަދަދު 81،000 އަށް އަރައެވެ.
އިންސްޓަގްރާމްގައި ނަވިޔާ ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި އޭނާ ކުޑައިރުގެ ފޮޓޯތަކާއި އާއިލާ އާއި ގާތް އެކުވެރިންނާއެކު ނަގާފައިވާ ފޮޓޯތައް ހިމެނެއެވެ. ނަވިޔާއަކީ އަމީތާބްގެ ދަރި ސްވޭތާ ބައްޗަންގެ ދަރިއެކެވެ.