މޯލީ ފިޓްޒްގެރާލްޑް

މަންމަ މަރާލި މައްސަލައިގައި އެކްޓްރެސް މޯލީ ހައްޔަރުކޮށްފި

މަންމަ މަރާލި މައްސަލައިގައި، ފިލްމް "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާ" ގެ ކުޑަ ރޯލަކުން ފެނިގެންދިޔަ އެކްޓްރެސް މޯލީ ފިޓްޒްގެރާލްޑް ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ކަންސަސްގެ ފުލުހުން ބުނީ، ގެއެއްގައި ބަޑީގެ ހަމަލާތަކެއް ދިން މައްސަލައެއްގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެގެއަށް ދިޔަ ކަމަށެވެ. ބަޑީގެ ހަމަލާތައް ދީފައިވަނީ މޯލީގެ މަންމަ ޕެޓްރިކާގެ ގޭގައެވެ.

ޕެޓްރިކާ، 68، ޒަހަމްތަކަކާއެކު އެ ގޭގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމެރިކާގެ ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައާއި ގުޅުންހުރި އުމުރުން 38 އަހަރުގެ އަންހެނަކު، ހާދިސާ ހިނގި ސަރަހައްދުން ފެނިފައިވާ ކަމަށާއި އޭނާއަށް ކުދި ޒަހަމްތަކެއް ލިބިފައިވާތީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެމެރިކާގެ ފުލުހުން ވަނީ ބުނެފައެވެ. އަދި ހައްޔަރުކުރެވުނީ މޯލީ ކަން ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ.