ބެން ވީޓްލީ

"ދަ މެގް" ގެ ސީކުއެލްއެއް އުފައްދަނީ

އެކްޝަން އަދި ސައިންސް ފިކްޝަނަލް ފިލްމް، "ދަ މެގް" ގެ ސީކުއެލްއެއް އުފެއްދުމަށް ނިންމައިފިއެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން "ދަ މެގް" ގެ ސީކުއެލް ފިލްމް ޑައިރެކްޓްކުރާނީ ބެން ވީޓްލީއެވެ. 2018 ވަނަ އަހަރު ރިލީޒްކުރި "ދަ މެގް" އިން ފެނިގެންދިޔަ ބައެއް ކާސްޓުން، ސީކުއެލް ފިލްމުން ފެނިގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އެކްޓަރު ޖެޒަން ސްޓެތަމް ހިމެނެއެވެ.

ޖޯން ޓާޓްލަޓޯބް ޑައިރެކްޓްކުރި "ދަ މެގް" އަކީ ބިޔަ މިޔަރަކާއި ދެކޮޅަށް ބަޔަކުކުރާ މަސައްކަތް ކިޔައިދޭ ފިލްމެކެވެ. 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 530 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

"ދަ މެގް" ގެ ކާސްޓުންގެ ތެރޭގައި ރޫބީ ރޯޒް، ލީ ބިންގްބިންގް، ރެއިން ވިލްސަން އަދި ކްލިފް ކާޓިސް ހިމެނެއެވެ.