ސްޕައިޑަރ-މޭން ގެ މަންޒަރެއް

ޓެމިލްރޮކާސް އިން "ސްޕައިޑަރ-މޭން ފާ ފްރޮމް ހޯމް" ލީކްކޮށްލައިފި

މާވެލް ސްޓޫޑިއޯސްގެ ފިލްމް، "ސްޕައިޑަރ-މޭން: ފާ ފްރޮމް ހޯމް" އިންޑިއާގައި ރިލީޒްކުރުމުގެ ކުރިން ލީކްކޮށްލައިފިއެވެ. މި ފިލްމްވެސް ލީކްކޮށްލާފައިވަނީ ފަހަކަށް އައިސް ގިނަ ފިލްމްތަކެއް ލީކްކޮށްލާފައިވާ "ޓެމިލްރޮކާސް" އިންނެވެ.

"ސްޕައިޑަރ-މޭން: ފާ ފްރޮމް ހޯމް" އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ފިލްމް ލީކްކޮށްލުމާއި ގުޅިގެން ފިލްމް އުފެއްދި ފަރާތުން ބުނެފައިވަނީ، ލީކްކޮށްލާފައިވާ ލިންކް އިންޓަނެޓުން ޑިލީޓްކޮށްލުމުގެ މަސައްކަތް އެންޓި-ޕައިރަސީ ޓީމާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ދެހާސް ސަތާރަވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަރ-މޭން: ހޯމްކަމިންގް" އެކޭ އެއްފަދައިން މި ފިލްމުންވެސް ސްޕައިޑަރ-މޭން އަދި ޕީޓާ ޕާކާގެ ރޯލް އަދާކުރަނީ ޓޮމް ހޮލޭންޑެވެ. ފިލްމްގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޖޭކް ޖިލެންހާލް އަދި ޒެންޑާޔާ ހިމެނެއެވެ. އިނގިރޭސި ބަހުގެ އިތުރުން ހިންދީ، ޓެމިލް އަދި ޓެލުގޫ ބަހުން މި ފިލްމް އިންޑިއާގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ސްޕައިޑަރ-މޭން: ހޯމްކަމިންގް" ޖަޕާނުގައި ރިލީޒްކޮށްފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.