"ވޮންޑަ ވުމަން 1984" ގައި ދެ ވިލަން

ފިލްމް "ވޮންޑަ ވުމަން 1984" އިން ދެ ވިލަން ފެނިގެންދާނީ ކީއްވެގެންކަން ފިލްމްގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ހާމަކޮށްފިއެވެ.

މިއަހަރުގެ އޮގަސްޓް މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމްގައި އެއް ވިލަންގެ ގޮތުގައި ފެނިގެންދާނީ "ޗީތާ" އެވެ. މި ކެރެކްޓާގެ ރޯލުން ފެނިގެންދާނީ އެކްޓްރެސް ކްރިސްޓެން ވިގް އެވެ. ދެން ވިލަންގެ ގޮތުގައި ފެނިގެންދާނީ "މެކްސްވެލް ލޯޑް" އެވެ. މި ކެރެކްޓާގެ ރޯލުން ފެނިގެންދާނީ އެކްޓަރު ޕެޑްރޯ ޕާސްކަލްއެވެ.

ޑައިރެކްޓަރު ޕެޓީ ޖެންކިންސް ބުނި ގޮތުގައި، ފިލްމަށް ދެ ވިލަން ލުމަކީ އޭނާގެ ހިޔާލެއް ނޫނެވެ. ފިލްމްގައި ދެ ވިލަން އުޅެނީ ފިލްމްގެ ވާހަކަ އެގޮތަށް އޮތުމުން ކަމަށް ޕެޓީ ބުންޏެވެ.

މި ފިލްމްގައިވެސް ވޮންޑަ ވުމަންގެ ރޯލުން ފެނިގެންދާނީ، 2017 ވަނަ އަހަރު ރިލީޒްކުރި "ވޮންޑަ ވުމަން" ގައިވެސް އެ ރޯލުން ފެނިގެންދިޔަ ގަލް ގެޑޯއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން "ވޮންޑަ ވުމަން 1984" ރިލީޒްކުރަން އޮތީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން އޮގަސްޓް މަހަށް ފަސްކުރީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ.