ކަރިޝްމާ ޝަރްމާ

އެކްޓްރެސް ކަރިޝްމާ ރާއްޖޭގައި

އިންޑިއާގެ އެކްޓްރެސް ކަރިޝްމާ ޝަރްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މަންޓާ އެއާގެ ފްލައިޓަކަށް ކަރިޝްމާ އަރަނިކޮށް ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ މިމަހުގެ 16 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ކަރިޝްމާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައެވެ.

ކަރިޝްމާ ކުޅެފައިވާ ބައެއް ޓީވީ ސީރީޒްތަކުގެ ތެރޭގައި "ލަވް ބައި ޗާންސް"، "ސިލްސިލާ ޕިޔާރް ކާ" ހިމެނެއެވެ. ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި "ހޮޓެލް މިލަން" ހިމެނެއެވެ.