ޔަޝް ރާޖްގެ ޗެއާމަން އަދިތްޔާ ޗޯޕްރާ

އަހަރީ ދުވަސް ފާހަގަކުރުމުގެ ބަޖެޓު ކޮވިޑް ރިލީފްއަށް

އިންޑިއާގެ ފިލްމް ޕްރޮޑަކްޝަން ކުންފުނި، ޔަޝް ރާޖް ފިލްމްސްއަށް 50 އަހަރުފުރުން ފާހަގަކުރުމަށް ކަނޑައެޅި ބަޖެޓު އިންޑިއާގެ ކޮވިޑް-19 ރިލީފްއަށް ހަދިޔާކޮށްފިއެވެ.

ޔަޝް ރާޖް ފިލްމްސްއަށް 50 އަހަރުފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޗެއާމަން އަދިތްޔާ ޗޯޕްރާ، މީގެ ކުރިން ވަނީ ނިންމާފައެވެ. އެގޮތުން މުޅި ދުނިޔޭގައި އެކަން ފާހަގަކުރުމަށް އޮތީ ނިންމާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން، އިންޑިއާގައި ކޮވިޑްގެ ހާލަތު ރަނގަޅުވިނަމަވެސް، ކުންފުންޏަށް 50 އަހަރުފުރުން ފާހަގަނުކުރަން އަދިތްޔާ މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށާއި ކަރަންޓީން ފެސިލިޓީއެއްގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޔަޝް ރާޖް ފިލްމްސް އިން ވަނީ ނިންމާފައެވެ.

ޔަޝް ރާޖް ފިލްމްސް އިން މީގެ ކުރިން ވަނީ އިންޑިއާގައި ފިލްމީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 30،000 މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.