"ބާގީ 3" ގެ ކްލައިމެކްސް އަށް ޓައިގާ ތައްޔާރުވަނީ

ފިލްމް "ބާގީ 3" ގެ ކްލައިމެކްސް އަށް، އެކްޓަރު ޓައިގާ ޝްރޮފް ތައްޔާރުވާން ފަށައިފިއެވެ.

ޖިމެއްގައި ޓައިގާ ކަސްރަތުކުރާ މަންޒަރު، އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯ ހިއްސާކުރަމުން ޓައިގާ ބުނެފައިވަނީ މިއީ ފިލްމް "ބާގީ 3" ގެ ކްލައިމެކްސް އަށް ވަމުންދާ ތައްޔާރީއެއް ކަމަށެވެ.

ފިލްމް "ބާގީ 3" ގައި ޓައިގާ ޝްރޮފްއާއެކު ޝްރައްދާ ކަޕޫރާއި ރިތޭޝް ދޭޝްމުކް ވެސް ފެނިގެންދާނެއެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމް ޑައިރެކްޓްކުރާނީ "ބާގީ 2" ވެސް ޑައިރެކްޓްކުރި އަހުމަހު ޚާންއެވެ. ފިލްމްގެ މަންޒަރުތަކެއް ސާބިއާގައި ނެގުމަށް ހަމަޖެހިފައިވާއިރު، މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

މިއަހަރު ނެރުނު ފިލްމް "ވޯ" ގައިވެސް، އެކްޓަރު ޓައިގާގެ މޮޅު އެކްޓިންގްއެއް ފެނިގެންދިޔައެވެ. ފިލްމް "ވޯ" ވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒްކުރި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.