ޓައިގާ ޝްރޮފް އާއި ރިތިކް ރޯޝަން

ޓެމިލްރޮކާސްގެ ކިބައިން "ވާރ" އަށްވެސް ސަލާމަތެއް ނުވެވުނު

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑްރޯލު ކުޅެފައިވާ ފިލްމް "ވާރ" ލީކްކޮށްލައިފިއެވެ. މި ފިލްމްވެސް ލީކްކޮށްލާފައިވަނީ ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ލީކްކޮށްލާފައިވާ "ޓެމިލްރޮކާސް" އިންނެވެ.

އަންގާރަ ދުވަހު ރިލީޒްކުރި ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް 53 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. އެއާއެކު މި ފިލްމްވެގެން ގޮސްފައިވަނީ މި އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ފިލްމް އެޅުވި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

ފިލްމް ލީކްކޮށްލުމާއި ގުޅިގެން ރިތިކް ރޯޝަން ކުރި ޓްވީޓެއްގައި ބުނީ ފިލްމް އުފެއްދީ ވަރަށް ބުރަ މަސައްކަތުން ލެޔާއި ދާ އޮހޮރުވައިގެން ކަމަށާއި ފިލްމް ބޮޑު ސްކްރީނުން ބަލާލުމަށް އެދޭ ކަމަށެވެ.

ފިލްމީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން މި ފިލްމް ލީކްކޮށްލި ނަމަވެސް، އޭގެ ނޭދެވޭ އަސަރު އެހާ ބޮޑަށް ފިލްމްެގެ ވިޔަފާރިއަށް ނުކުރާނެއެވެ.