ސްޓޫޑަންޓް އޮފް ދި އިޔާ 2 ގެ މަންޒަރެއް

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ލީކްކޮށްލައިފި

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ލީކްކޮށްލައިފިއެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޕުނީތު މަލޯތުރާ ޑައިރެކްޓްކުރި އެ ފިލްމް ލީކްކޮށްލާފައިވަނީ "ތަމިލްރޮކާސް" އިންނެވެ.

މި ފިލްމަށް ތިން ދުވަހުގެ ތެރޭގައި ވަނީ 38 ކްރޯޑް ރުޕީސް ލިބިފައެވެ. ނަމަވެސް ފިލްމް ލީކުކޮށްލުމާއި ގުޅިގެން ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފިލްމްގެ ލީޑް ރޯލް ކުޅެފައިވަނީ ޓައިގާ ޝްރޮފް އާއި ތާރާ ސުޓައިރާ އަދި އަނަންޔާ ޕަންޑޭއެވެ. މިއީ ތާރާ އާއި އަނަންޔާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ" ގެ ފުރަތަމަ ބައި ރިލީޒްކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް ފިލްމްގެ ދެވަނަ ބައިންވެސް ފެނިގެންދަނީ ކޮލެޖް ދަރިވަރުންތަކެއްގެ މެދުގައި  ހިނގާ ލޯބީގެ ކަންތައްގަނޑަކާއި ކޮލެޖް ދަރިވަރުންގެ ވާދަވެރިކަމުގެ ސަބަބުން ހިނގާ ކަންތައްތަކެކެވެ.