ފިލްމް ބާގީގެ މަންޒަރެއް

"ބާގީ 3" ގެ ޝޫޓިންއަށް ކްރޫ ސާބިއާއަށް ފުރަނީ

ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމް "ބާގީ" ގެ ތިންވަނަ ފިލްމް "ބާގީ 3" ގެ ޝޫޓިންއަށް ފިލްމްގެ ކްރޫން ސާބިއާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމެކޭ އެއްފަދައިން މި ފިލްމްގައިވެސް ލީޑް ރޯލުން ފެނިގެންދާނީ ޓައިގާ ޝްރޮފްއެވެ. ބަތަލާގެ ރޯލަށް މިފަހަރު ހަމަޖައްސާފައިވަނީ "ބާގީ" ގެ ފުރަތަމަ ފިލްމުގައި ލީޑްރޯލު ކުޅުނު ޝްރައްދާ ކަޕޫރެވެ. ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި ރިތޭޝް ދޭޝްމުކް ހިމެނެއެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމް ޑައިރެކްޓްކުރާނީ "ބާގީ 2" ވެސް ޑައިރެކްޓްކުރި އަހުމަދު ޚާންއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމެއްގައި ޓައިގާ ޝްރޮފްގެ ފަރާތުން މީގެ ކުރިން ފެނިފައިނުވާނެ ފަދަ އެކްޝަން މަންޒަރުތަކެއް މި ފިލްމުން އޭނާގެ ފަރާތުް ފެނިގެންދާނެއެވެ.

ފިލްމްގެ ޝޫޓިންއަށް، ކުރިއަށް އޮތް ހަފުތާ ތެރޭގައި ކްރޫން ސާބިއާއަށް ދާނެ ކަމަށް ބެލެވެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.