ޒޭވިއާ ބާޑެމް

ރަސްގެފާނު ޓްރައިޓޮންގެ ރޯލަށް ބާޑެމްތަ؟

ޑިޒްނީ އިން އުފެއްދުމަށް ނިންމާފައިވާ ލައިވް-އެކްޝަން ފިލްމް، "ދަ ލިޓްލް މާމެއިޑް" ގެ "ރަސްގެފާނު ޓްރައިޓޮން" ގެ ރޯލަށް ޒޭވިއާ ބާޑެމް ހަމަޖެއްސުމަށް ޑިޒްނީ އިން އޭނައާއި ވާހަކަ ދައްކަން ފަށައިފިއެވެ.

އޮސްކާ ހާސިލްކޮށްފައިވާ އެކްޓަރު ޒޭވިއާ ބާޑެމް، މިކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައި ނުވެއެވެ. ޒޭވިއާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި، "މަދަރ!" އާއި "ޕައިރެޓްސް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" އާއި "ދަ ލާސްޓް ފޭސް" ހިމެނެއެވެ.

"ދަ ލިޓްލް މާމެއިޑް" ގެ އޭރިއަލްގެ ރޯލަށް ހޭލް ބެއިލީ ވަނީ ހަމަޖައްސާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ވިލަންގެ ރޯލް ކަމަށްވާ އުރްސަލާގެ ރޯލަށް ހަމަޖައްސާފައިވަނީ  "ދަ ބޮސް" ގެ އެކްޓްރެސް މެލިސާއެވެ. ރޮބް މާޝެލް ޑައިރެކްޓްކުރާ "ދަ ލިޓްލް މާމެއިޑް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުއެވެ.