"ވޮންޑަ ވުމަން 1984" ގެ އާ ޓްރެއިލާ ދައްކާލައިފި

ސުޕަހީރޯ ފިލްމް "ވޮންޑަ ވުމަން" ގެ ދެވަނަ ބައި، "ވޮންޑަ ވުމަން 1984" ގެ އާ ޓްރެއިލާ ދައްކާލައިފިއެވެ.

ވޮންޑަ ވުމަން އާއި ސުޕަވިލަން "ޗީތާ" ގެ ކުރިމަތިލުންތައް މި ޓްރެއިލާއިން ފެނިގެންދެއެވެ. މި ފިލްމްގައިވެސް ވޮންޑަ ވުމަންގެ ރޯލުން ފެނިގެންދާނީ ގަލް ގެޑޯއެވެ. ސުޕަވިލަން "ޗީތާ" ގެ ރޯލުން ފެނިގެންދާނީ ކްރިސްޓެން ވިގްއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރަން އޮތީ މިއަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމް ރިލީޒްކުރުން މިމަހުގެ 14 ވަނަ ދުވަހަށް ފަސްކުރިއެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ފިލްމްތައް އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރަމުން ދިޔަ ނަމަވެސް، "ވޮންޑަ ވުމަން 1984" ރިލީޒްކުރާނީ ސިނަމާގައި ކަމަށް ފިލްމްގެ ޓްރެއިލާގައިވެސް ބުނެފައިވެއެވެ.