"ވޮންޑަ ވުމަން 1984" ރިލީޒްކުރުން ފަސްކޮށްފި

ސުޕަހީރޯ ފިލްމް "ވޮންޑަ ވުމަން" ގެ ދެވަނަ ބައި، "ވޮންޑަ ވުމަން 1984" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ފިލްމް ރިލީޒްކުރުން ފަސްކުރީ މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި، މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. މި ފިލްމް ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ.

"ވޮންޑަ ވުމަން" ގެ ރޯލު ކުޅޭ އެކްޓްރެސް ގަލް ގެޑޯ ކުރި ޕޯސްޓެއްގައި ބުނީ މިއީ އަނދިރި އަދި ބިރުވެރި ދުވަސްކޮޅެއް ކަމަށެވެ. ކުރިއަށް އޮތީ އުޖާލާ ދުވަސްތަކަކަށްވުމަށް އުންމީދުކުރާކަން ހަމަކޮށް ގަލް ގެޑޯ ބުނީ ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ކިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް އަދި ރޮބިން ރައިޓް ހިމެނެއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ދަނީ ފަސްކުރަމުންނެވެ. އޭގެ ތެރޭގައި އެކްޓްރެސް ސްކާލެޓް ޖޮހަންސަން ލީޑްރޯލު ކުޅޭ ފިލްމް "ބްލެކް ވިޑޯ" ހިމެނެއެވެ.